ގައުމީ ޓީމަށް ހިތްވަރު ދިނުމަށް މިއަދު ކުޑަކުދިންގެ ހަވީރެއް އާޓިފިޝަލް ބީޗްގައި

އަވަސް

11 އޮކްޓޯބަރު 2025 | ހޮނިހިރު | 9:01

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އިންތިޒާމުކޮށްގެން، ގައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން "ފޯރީގައި ދަނޑަށް" ނަމުގައި ކުޑަކުދިންގެ ހަވީރެއް މިއަދު އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވުމަށް ހަމަޖައްސ އެވެ.

ކުޑަކުދިންގެ ހަވީރު ކުރިއަށް ދާނީ މިއަދު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. މި ހަރަކާތް އިންތިޒާމުކުރުމުގެ މައިގަނޑު މަގުސަދަކީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިމަހުގެ 14 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުތުމުގެ ކުރިން ދިވެހި ގައުމީ ޓީމަށް ހިތްވަރު ދިނުމެވެ. ގައުމީ ޓީމު ކުޅޭ މެޗަށް ވީހާވެސް ގިނަ ބަޔަކު ކުޅިބަލަން ދަނޑަށް ދިއުމަށް އެފްއޭއެމް އިންނވެސް ވަނީ އެދިފަ އެވެ. ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ކުޑަކުދިންނަށް ލިބޭނެ ކަމަށްވެސް އިވެންޓް އިންތިޒާމު ކުރި ފަރާތުން ބުންޏެވެ.

މައުޟޫޢުތަށް