މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫން މާފަރަށް

އަވަސް

12 އޮކްޓޯބަރު 2025 | އާދިއްތަ | 9:12

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ދަތުރުތައް ދަރަވަންދޫން މާފަރަށް ބޭއްވުމަށް ނިންމައިފި އެވެ.

މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ. ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިިވަނީ އާދިއްތަ، ހޯމަ، އަންގާރަ، ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. މި ދަތުރުތަކުގެ އެއްކޮޅު ޓިކެޓް ފެށޭ އަގަކީ 711 ރުފިޔާ އެވެ. މޯލްޑިވިއަން އިން ވަނީ ޑޮމެސްޓިކް އެއާޕޯޓްތަކުގެ މެދުގައި ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެ ގޮތުން ފުވައްމުލަކާއި އައްޑޫ ސިޓީ ގަމާއި ދެމެދު ދަތުރުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އިފުރުން ކުޅުދުއްފުއްޓަށް ދަތުރުތައް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.

މައުޟޫޢުތަށް