އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ލިބުމުގެ ފުރުސަތު
އަވަސް
12 އޮކްޓޯބަރު 2025 | އާދިއްތަ | 10:33
އުރީދޫ މޯލްޑިވްސް އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕްރީލް މަހު ފަށައިގެން ކުރިއަށް ގެންދާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން 8 ކަސްޓަމަރަކަށް މިހާރު ވަނީ އުމްރާ ދަތުރު ލިބިފަ އެވެ.
މި ކެމްޕެއިންގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެމީހަކަށް ހައްޖު ދަތުރެކެވެ. މި ކެމްޕެއިންގެ ހާއްސަ ކަމަކީ އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު އޮތްކަން ކަމުގައި އުރީދޫ އިން ފާހަގަކުރެ އެވެ. "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ. މި ހަރަކާތަކީ ކަނެކްޓިވިޓީގެ ބޭރުން އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް އުރީދޫ އާއިލާއާ އަލަށް ގުޅުނު ފަރާތްތަކަށް ދައުވަތު ދިނުމެވެ. މި ޑްރޯގައި ކަސްޓަމަރުން ބައިވެރިވޭނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތިރީގައި މިވާ ކަންކަން ފުރިހަމަކޮށްގެންނެވެ.
މި ޑްރޯގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިން މުއްދަތުގެ ތެރޭގައި ނަސީބުވެރިން ހޮވޭނެ އެވެ. މި ކެމްޕެއިނާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ ލިވް އަންލިމިޓަޑް ކެމްޕޭނާއެކު އަމާޒަކީ އުރީދޫގެ މިހާރުގެ ކަސްޓަމަރުން އަދި އަލަށް ގުޅޭ ކަސްޓަމަރުންގެ އަގުވަޒަން ކުރުން ކަމަށެވެ. "މި ކެމްޕޭނުން ދައްކުވައިދެނީ ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވިދާނެ،" ނިޔާޒް ވިދާޅުވި އެވެ. އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެ ކުންފުނިން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް ފުރިހަމަ ކަނެކްޓިވިޓީއާއެކު ދިރިއުޅުން ފުރިހަމަކޮށްދެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ.