މީޑިއާ ކޮމިޝަނަށް 10 ބޭފުޅެއްގެ ނަން މަޖިލީހަށް

އަވަސް

13 އޮކްޓޯބަރު 2025 | ހޯމަ | 10:14

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންގެ މަގާމަށް 10 ބޭފުޅުން ކުރިމަތިލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބޭފުޅުންގެ ނަން އިއްވާފަ އެވެ. އަދި ނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ހަދާފައިވާ ކޮމިޝަނަށް ދާއިމީ މެންބަރުންގެ ގޮތުގައި ހަތް މެންބަރުން ހޮވަންޖެހެ އެވެ. މީގެތެރެއިން ހަތަރު މެންބަރުން ހޮވަންޖެހެނީ މީޑިއާތަކުގެ ތެރެއިންނެވެ. އަނެއް ތިން މެންބަރުން ކޮމިޝަނަށް އައްޔަންކުރަނީ އާންމުންގެ ތެރެއިން ކުރިމަތިލުމުން މަޖިލީހުން ރުހުން ލިބުމުންނެވެ. މީޑިއާ ކޮމިޝަނަށް މީޑިއާތަކުން ހޮވާ ހަތަރު މެންބަރުން އިންތިހާބު ކުރުމަށް ހުޅުވާލި މުއްދަތު މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު އެކަށީގެންވާ އަދަދަކަށް މީޑިއާތަކުގެ ސްލޮޓަށް ކުރިމަތިލާފައި ނުވާތީ އިންތިހާބަކާ ނުލައި ހަތަރު ބޭފުޅަކު ވަނީ އިންތިހާބުވެފަ އެވެ.

މައުޟޫޢުތަށް