އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އޭސީސީއަށް ހާޒިރުކޮށްފި

އަވަސް

13 އޮކްޓޯބަރު 2025 | ހޯމަ | 12:43

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިއަދު ހާޒިރުކޮށްފި އެވެ.

ފައްޔާޒު، އޭސީސީއަށް ހާޒިރުކުރި ވަގުތު އެމްޑީޕީގެ އިސްވެރިންނާއި އޭނާއަށް ތާއީދުކުރި މީހުން ވަނީ އޭސީސީގެ ކުރިމަތީގައި ފައްޔާޒުގެ ދިފާއުގައި އަޑުއުފުލާފަ އެވެ. އޭސީސީއަށް ފައްޔާޒް ހާޒިރުކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ. އެގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޒަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ ތުހުމަތުގެ އިތުރުން އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށްވެސް އޭސީސީ އިން ބުނެ އެވެ. އެކަމަކު ސްވިފްޓް އިންޖިނިއަރިންވެސް ވަނީ އޭސީސީގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މައުޟޫޢުތަށް