އެލައިޑް ތަކާފުލްގެ "ފަޔަރ ތަކާފުލް" މިއަދުން ފެށިގެން އޮންލައިންކޮށް ނެގޭނެ

އަވަސް

13 އޮކްޓޯބަރު 2025 | ހޯމަ | 4:04

އެލައިޑް އިންޝުއަރެންސް ކުންފުނީގެ އިސްލާމިކް ވިންޑޯ އެލައިޑް ތަކާފުލްއިން "ފަޔާ ތަކާފުލް" މިއަދުން ފެށިގެން އޮންލައިންކޮށް ނެގޭނެ އެވެ.

މި ޕްރޮޑަކްޓަކީ އިސްލާމީ ޝަރީއާއާ އެއްގޮތްވާ ގޮތަަށް އެލައިޑްގެ އޮންލައިން ޕްލެޓްފޯމް "މައިއެލައިޑް" މެދުވެރިކޮށް ނެގޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. މި ތައާރަފު ކުރެވުނު ހިދުމަތާއިއެކު ފަޔަރ ތަކާފުލް ނަގަން ބޭނުންވާ ފަރާތްތަކަށް ވަގުތުން ޕްލޭން އޮންލައިންކޮށް އަވަހަށް، ފަސޭހައިން އަދި އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ނުޖެހި ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދެ އެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ފަޔަރ ތަކާފުލް އިން އަލިފާނުގެ ހާދިސާއިން ލިބޭ ގެއްލުމުންނާއި ގުދުރަތީ ކާރިސާތަކުން މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން މިނޫންވެސް އިތުރު ސަބަބަކާއި ހުރެ ލިބިދާނެ މާލީ ގެއްލުމުން ރައްކާތެރިކަން ފޯރުކޮށްދެ އެވެ. މިފަދަ ނުރައްކާތަކުގެ ތެރޭގައި ހަމަނުޖެހުންތަކާއި މުޒާހަރާތަކުން މުދަލަށް ލިބޭ ގެއްލުން، ފެންޓޭންކް ނުވަތަ ފެން ހޮޅިއެއް ފަޅައިގެން ދިއުން ނުވަތަ ވައްކަމުގެ ހާދިސާއިން ލިބޭ ގެއްލުންތައް ހިމެނެ އެވެ. ބޭކަރީތަކާއި ރެސްޓޯރަންޓްތަކާއި ޖިމްތަކާޢި ސެލޫންތަކާއި ވޯކްޝޮޕްތަކާއި ގުދަންތަކާއި ޑައިވް ސެންޓަރުތަކާއި އަދި މިނޫންވެސް ކުދި ވިޔަފާރިތަކަށް މިހާރު ރައްކާތެރިކަން އަވަހަށް އަދި ހެޔޮ އަގެއްގައި މި ޕްލޭންގެ ރައްކާތެރިކަން ލިބިގަނެވޭނެ އެވެ. އަދި މީގެ އިތުރުން އެ ވިޔަފާރިއަކަށް ހާއްސަކޮށް މި ޕްލޭން ކަސްޓަމައިޒް ކުރެވޭނެ އެވެ. އެލައިޑް ތަކާފުލްގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ވިޔަފާރިތަކަށް މާލީ ރައްކާތެރިކަން ހޯދައިިދިނުން، ކުރިއަށްވުރެ ފަސޭހަކޮށްދީ އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން އަތްފޯރާ ފަށަށް މި ހިދުމަތް ގެނެސްދިނުމެވެ.

މައުޟޫޢުތަށް