ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަންކުރައްވައިފި
އަވަސް
13 އޮކްޓޯބަރު 2025 | ހޯމަ | 5:00
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމަށް ދެ ބޭފުޅަކު މިއަދު އައްޔަނުކުރައްވައިފި އެވެ. މި މަގާމަށް އައްޔަންކުރައްވާފައިވަނީ ބ. ތުޅާދޫ، ގުލްބަހާރުގެ، އިބްރާހީމް އަފީފާއި، ޓްރައިބިއުނަލްގައި ގާނޫނީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު ކަމަށް ދ. މީދޫ، އަކިރިވިލާ، ޝަވްފާ އިބްރާހީމް އެވެ. އަފީފާއި ޝަވްފާއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 8 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ ގައެވެ.