މީޑިއާ ކޮމިޝަންގެ މީޑިއާ ސްލޮޓަށް ހަތަރު ބޭފުޅުން އައްޔަންކުރައްވައިފި

އަވަސް

13 އޮކްޓޯބަރު 2025 | ހޯމަ | 6:00

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިހާބަކާ ނުލައި މީޑިއާތަކުން ހޮވުނު ތިން މެންބަރުން ކޮމިޝަންގެ މެންބަރު ކަމަށް މިއަދު އައްޔަންކުރައްވައިފި އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ހަދާފައިވާ ކޮމިޝަނަށް ދާއިމީ މެންބަރުންގެ ގޮތުގައި ހަތް މެންބަރުން ހޮވަންޖެހެ އެވެ. މީގެތެރެއިން ހަތަރު މެންބަރުން ހޮވަންޖެހެނީ މީޑިއާތަކުގެ ތެރެއިންނެވެ. އަނެއް ތިން މެންބަރުން ކޮމިޝަނަށް އައްޔަންކުރަނީ އާންމުންގެ ތެރެއިން ކުރިމަތިލުމުން މަޖިލީހުން ރުހުން ލިބުމުންނެވެ. މަޖިލީހުން ރުހުން ހޯދަންޖެހޭ ތިން މެންބަރުންގެ ސްލޮޓަށް ކުރިމަތިލެއްވި 10 ބޭފުޅުންގެ ނަން މިއަދު އޮތް މަޖިލީހުގެ ޖަލްސާއަށް ވަނީ ހުށަހަޅާފަ އެވެ.

އޮންލައިން ކެޓަގަރީ

މައުޟޫޢުތަށް