ފީތައް ދައްކަން އެއްބަސްވުމުން ވޯކް ޕާމިޓްތައް ބާތިލްކޮށްދެނީ

އަވަސް

13 އޮކްޓޯބަރު 2025 | ހޯމަ | 10:00

ޖޫރިމަނާ އާއި ފީތައް ދައްކަން އެއްބަސްވާނަމަ ކުރިން ފީ ނުދައްކާ ހުރި ވޯކް ޕާމިޓްތައް ބާތިލްކޮށް ދިނުމަށް ހޯމްލޭންޑް ސެކިއުރިޓީީ މިނިސްޓްރީން ނިންމައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީީ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވޯކް ޕާމިޓްތަކާއި މުވައްޒަފުންގެ ރެކޯޑުތައް ބެލެހެއްޓުމުގައި ވަޒީފާ ދޭ ފަރާތްތަކަށް އިތުރު ލުއިތަކެއް ދޭން ބޭނުންވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ވޯކް ޕާމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާ ނުލައި، އެ ފީތައް ފަހުން ދައްކައި ހަލާސްކުރާނެ ކަމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމުން ވޯކް ޕާމިޓްތައް ބާތިލްކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހޯމްލޭންޑް ސެކިއުރިޓީީ މިނިސްޓްރީން ބުނީ ބާތިލްކުރެވޭ ވޯކް ޕާމިޓްތަކުގެ ކޯޓާ ސްލޮޓް ރިލީޒްކުރެވޭނީ އެ ޕާމިޓަކާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކައި ހަލާސްކުރުމުން ކަމަށެވެ.

މައުޟޫޢުތަށް