ޑީބީއެމް ވަރަށް އަވަހަށް އޮޕަރޭޝަނަލައިޒް ވެގެންދާނެ: ސައީދު
އަވަސް
14 އޮކްޓޯބަރު 2025 | އަންގާރަ | 10:49
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ވަރަށް އަވަހަށް އޮޕަރޭޝަނަލައިޒް ވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން ޑިވެލޮޕްމަންޓް ބޭންކަކީ އާންމުން އެކައުންޓް ހުޅުވައިގެން ދުވަހުން ދުވަހަށް ހިދުމަތް ހޯދާ ބޭންކެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ސައީދު ވިދާޅުވީ އެ ބޭންކަކީ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދަން އެކުލަވާލި ވަރަށް މުހިންމު ބޭންކެއް ކަމަށެވެ. ސައީދު ވިދާޅުވީ އަންދާޒާކުރި ގޮތަށް ބޭންކްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. "ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ޑިވެލޮޕްމެންޓް ބޭންކު އޮޕަރޭޝަނަލައިޒް ވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ. ރާއްޖޭގައި ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކްގެ ގޮތުގައި ޑީބީއެމް ރަސްމީކޮށް ހުޅުވީ މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހުގެ ރޭ އެވެ.