ޕޭޕަލް ފަދަ ޕްލެޓްފޯމްތަކާއެކު ޒުވާނުންނަށް ފުރުސަތުތައް ފަހިވާނެ: ރައީސް
އަވަސް
15 އޮކްޓޯބަރު 2025 | ބުދަ | 8:30
ޕޭޕަލް ފަދަ ޕްލެޓްފޯމްތަކާއެކު ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ އުރީދޫ މޯލްޑިވްސް އާއި ޕޭޕަލް ގުޅިގެން ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާކަން ރޭ އިއުލާނުކޮށްފައި ވަނިކޮށެވެ. ށ. ކޮމަންޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ރޭ ވިދާޅުވީ ދިވެހީންގެ ފަންނުވެރިކަން ކުރިއަރުވައި، ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ދިވެހި އިގުތިސާދީ އުފެއްދުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމުގައި ޕޭޕަލް ފަދަ ކުރިއަރާފައިވާ ޕްލެޓްފޯމްތަކުގެ ޒަރީއާއިން ދިވެހި ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެކަން ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ޕޭޕަލް ފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިކަންކަމުގެ ފައިދާ ދިވެހިންނަށް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ކުރިއަށް އޮތް 2026 ވަނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައަޅާފައިވާއިރު އެކި ދާއިރާތަކުން އުފެއްދުންތެރިކަން ކުރިއަރާ ދިއުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.