ނަރުދޫ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފި

އަވަސް

15 އޮކްޓޯބަރު 2025 | ބުދަ | 12:13

ށ. ނަރުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 20 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 565 މީޓަރުގެ ގްރޯއިން ޖެހުމާއި ގޮނޑުދޮށަށް ވެލި އެޅުން ހިމެނެ އެވެ. މި މަޝްރޫއު ހަވާލުކުރީ 180 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.

މައުޟޫޢުތަށް