އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައެޅި 23 ބާވަތް އެސްޓީއޯއިން ވިއްކަން ފަށައިފި

އަވަސް

15 އޮކްޓޯބަރު 2025 | ބުދަ | 4:07

އިކޮނޮމިކް މިނިސްޓްރީން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަކެތި އެސްޓީއޯ އިން ވިއްކަން ފަށައިފި އެވެ.

އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 10 މޭވާ އާއި 10 ތަރުކާރީ އަދި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެތި އިތުރުކޮށް އަސާސީ ކާބޯތަކެތީގެ ލިސްޓް އާންމުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އަސާސީ ކާބޯތަކެއްޗަކީ އިންސާނުންގެ ހަށިގަނޑު ހެދިބޮޑުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ކާބޯތަކެއްޗެވެ. މިއީ އިންސާނީ ދިރިއުޅުމުގައި އެންމެ މުހިންމު އެއް ބައެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދެން އިތުރުކޮށްފައިވަނީ ރީނދޫ މުގާއި ކުކުޅު ބިހުގެ އިތުރުން ކާއްޓެވެ. އެސްޓީއޯ އިން މިއަދު ބުނީ މި ހުރިހާ ބާވަތެއް އެސްޓީއޯ ހޯލްސޭލް ސެންޓަރުންނާއި އެސްޓީއޯ ޕީޕަލްސް ޗޮއިސުން ލިބެން ހުންނާނެ ކަމަށެވެ. މި 23 ބާވަތުގެ އަގު މިވަގުތު ކަނޑައަޅާފައި ވަނީ ބާޒާރުގެ އަގުތަކަށް ރިއާޔަތްކޮށް ކަމަށާއި އަންނަ ބަދަލުތަކާއި އެކު ވިއްކާ އަގުތަކަށްވެސް ބަދަލު ގެންނާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް