ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ
އަވަސް
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:01
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި ރޭ ހިނގި ހާދިސާގައި އެކަކު މަރުވެއްޖެ އެވެ.
މާލެއިން ފުރައިގެން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލީ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިން ކްރާފްޓެކެވެ. އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހުން ސަލާމަތްކޮށްފައިވާއިރު ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ މިއަދު ހެނދުނު 8:04 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކޯސްޓްގާޑްގެ ޑައިވަރުންގެ ޓީމަކަށެވެ. މިހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ކުރިން ބުނި ގޮތުގައި ލޭންޑިން ކްރާފްޓް ދަތުރުކުރަމުން ދިޔައީ ރީތިރަށް ރިސޯޓަށެވެ. ނަމަވެސް އެމްއެންޑީއެފުން ފަހުން ބުނެފައިވާ ގޮތުން އެ ލޭންޑިން ކްރާފްޓް ދަތުރުކުރީ ރީތިރަށް ރިސޯޓު ކައިރީގައި އޮންނަ ކ. އެރިޔަދޫއަށެވެ.