މޫސުން ގޯސް، މުޅި ރާއްޖެއަށް ވައިޓް އެލާޓް

އަވަސް

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:15

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވަނީ މިއަދު ހެނދުނު 8:30 އިން މެންދުރުފަހު 2:00 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފަ އެވެ. މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުުން ކަނޑުދަތުރުކުރާއިރު ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މައުޟޫޢުތަށް