ރިފްއަތު އޭސީސީއަށް ހާޒިރުކޮށްފި
އަވަސް
16 އޮކްޓޯބަރު 2025 | ބުރާސްފަތި | 9:00
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބަންޑާރަނައިބަކަށް ހުންނެވި އިބްރާހިމް ރިފްއަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށްފި އެވެ.
ރިފްއަތު މިއަދު އޭސީސީއަށް ހާޒިރުކުރި ނަމަވެސް އެ މައްސަލައާއި ގުޅޭ އެއްވެސް މައުލޫމާތެއް އޭސީސީއަކުން ހާމައެއް ނުކުރެ އެވެ. މި ހަފްތާގެ ތެރޭގައި ވަނީ ރައީސް ސޯލިހްގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު އިސްމާއީލާއި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހީމް އަމީރާއި އެޑިޔުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. އައިޝަތު އަލީވެސް އޭސީސީއަށް ހާޒިރުކޮށްފަ އެވެ އޭސީސީއަށް މި ތިން ބޭފުޅުންވެސް ހާޒިރުކުރީ ރައީސް ސޯލިހްގެ ސަރުކާރުގައި ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން ގޮތުގެ މައްސަލާގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް އެ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.