ޑރ. ޚަލީލް މިސްރަށް ފުރާވަޑައިގެންފި

އަވަސް

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:45

މިސްރުގެ ހާރިޖީ ވަޒީރު ޑރ. ބަދްރު އަބްދުލްލަޠީގެ ދައުވަތަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި މިސްރަށް ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޚަލީލްގެ މި ދަތުރުފުޅުގައި މިސްރުގެ ހާރިޖީ ވަޒީރާއި ބައްދަލުކުރައްވައި، އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ޒަމާންވީ އަހްވަންތަ ގުޅުމާއި މިގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރާނެ ކަމަށެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން އިސްކަންދޭ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މިސްރު ސަރުކާރުގެ ކަމާބެހޭ އިސް ފަރާތްތަކާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ. ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޚަލީލުގެ މިދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖެއާއި މިސްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މަންސަތަކުގައި ދެ ގައުމުން ގުޅިގެން އަދާކުރަމުން އަންނަ ދައުރު އިތުރަށްފުޅާ ކުރުމަށް މި ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. މިނިސްޓަރ ޑރ. ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދު އަދި އެޑިޝަނަލް ސެކްރެޓަރީ ހަދީޖާ ނަޖީހާ ބައިވެރިވެވަޑައިގަންނަވަ އެވެ.

މައުޟޫޢުތަށް