ހަނިމާދޫގައި ފުޅާ ދާއިރާއެއްގައި ޑްރަގު ވިޔަފާރިކުރާ މީހަކު ހައްޔަރުކޮށްފި

އަވަސް

16 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:50

ހދ. ހަނިމާދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ، ޑޯން ޝައިން، އަހްމަދު އަޒުމީ (40އ) އެވެ. ފުލުހުން ބުނީ އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި، އެތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގުރާމް ހުރި ކަމަށެވެ. އަހްމަދު އަޒުމީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް