ތިލަފުށި ފަޅުގައި އޮތް ލޯންޗެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

އަވަސް

17 އޮކްޓޯބަރު 2025 | ހުކުރު | 9:00

ތިލަފުށި ފަޅުގައި އޮތް ސްޕީޑް ލޯންޗެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ، ޝިއުމާމަންޒިލް، އިބްރާހީމް މަމްދޫހު (27 އ) އާއި ށ. ފޯކައިދޫ, ޗަނބޭލީގޭ، ހަސަން ރަޝީދު އަހްމަދު (30 އ) އެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން މި ދެ މީހުންގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި މި ދެ މީހުން ވަނީ ލޯންޗު ވަގަށް ނެގުމަށްފަހު އުޅަނދަށް ގެއްލުންދިނުމުގެ އިތުރުން އިންޖީނުގެ ގިއަރެއް ވަގަށް ނަގާފަ އެވެ. ބަންދު މަޖިލީހުގައި ދެ މީހުންވެސް ކުށަށް އިއުތިރާފްވެފަ އެވެ.

މައުޟޫޢުތަށް