ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުން ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ
އަވަސް
19 އޮކްޓޯބަރު 2025 | އާދިއްތަ | 9:38
ބަންޑުން ޖަހާލި "އަލްމާކް-ފިޔަ" ލޭންޑިން ކްރާފްޓުން ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ މީހާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގަ އެވެ. މާލެއިން ފުރައިގެން ދަތުރުކުރަނިކޮށް "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދަމު 3:08 ހާއިރު އެވެ. އެ ލޭންޑިން ކްރާފްޓުން ހަތް މީހުން ދަތުރުކުރިއިރު އޭގެ ތެރެއިން ހަތަރު މީހުން ވަނީ ސަލާމަތް ކުރެވިފަ އެވެ. މި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބުރާސްފަތި ދުވަހު ވަނީ ފެނިފަ އެވެ.