ކަސްޓަމްސް އިން ތިން މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފި
އަވަސް
19 އޮކްޓޯބަރު 2025 | އާދިއްތަ | 6:43
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ތިން މިލިއަން ސިނގިރޭޓް ސްޓިކްސް ނައްތާލައިފި އެވެ.
މި ތަކެތި ނައްތާލާފައިވަނީ މިއަދު މެންދުރު ކ. ދޫނިދޫގަ އެވެ. މި ސިނގިރޭޓްތައް ނައްތާލާފައިވަނީ ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގަ އެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ސިނގިރޭޓްތަކެއް ނައްތާލާފައި މި ވަނީ ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ގެއްލިފައި ވަނިކޮށެވެ.
ކަސްޓަމްސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ.