އިގުތިސޯދު ހަލާކުވާނެ ކަންކަން ނުކުރަން ޝާހިދު އެމްއެމްއޭއަށް ގޮވާލައިފި
އަވަސް
20 އޮކްޓޯބަރު 2025 | ހޯމަ | 10:46
ސަރުކާރުގެ ޓްރެޝަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓް ކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ދުވަސްވަރު ދިމާވި އިގުތިސޯދީ ކާރިސާގެ ސަބަބުން އޭރުގެ ސަރުކާރަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ނަމަވެސް މިއަދު އެފަދަ ޙާލަތެއް ނެތް ކަމަށެވެ. "ސަރުކާރުން އަޅާ ފިޔަވަޅުތަކުން އިގުސިތޯދަށް ކުރާނީ ނޭދެވޭ އަސަރު،" ޝާހިދު ވިދާޅުވި އެވެ. އެގޮތުން ތަކެތީގެ އަގު ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ދަށްވެ، އެމެރިކާ ޑޮލަރަށް ރާއްޖޭގެ ބާޒާރުގައި އޮންނަ ޑިމާންޑް އިތުރުވުމާއެކު އިގުތިސޯދުގެ ހަމަޖެހުން ގެއްލިދާނެކަމުގެ ބިރު އެބައޮތް ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާޖޮދި ވިދާޅުވީ ސަރުކާރުން ކުރާ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޭގެ ބުރަ އުފުއްލަން ޖެހިގެން ނުވާނެ ކަމަށެވެ. އަދި ފައިސާ ޗާޕުކުރަން އުޅެނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނާއި ކަނޑައަޅާފައިވާ އިންތަކާއި އުސޫލުތަކުގެ ބޭރުންކަމަށްވުމާއެކު ސަރުކާރުގެ މިއަމަލަކީ ނުރައްކާތެރި އަދި ގާނޫނާއި ހިލާފު އަމަލެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކްސްގައި ކުރެއްވި ޕޯސްޓްގައި ޝާހިދު ވަނީ ބާޒާރުގެ އަގުތައް ހިފަހައްޓައި، އިގްތިސޯދު ހަމަމަގަށް އެޅުވުމަށް އެމްއެމްއޭގެ މައްޗަށް އޮތް ޒިންމާ އަދާކުރެއްވުމަށް ގޮވާލައްވާފަ އެވެ. އަދި ޒިންމާދާރުކަމެއް ނެތް މާލީ އަދި އިގުތިސޯދީ ފިޔަވަޅުތައް ނޭޅުމަށްވެސް ޝާހިދު ގޮވާލެއްވި އެވެ.