ގްލޭރީ ލިފްޓްގެ އޮޓޮމެޓިކް ރެސްކިޔު ޑިވައިސް، ރައްކާތެރި މުހިންމު ފީޗާއެއް
އަވަސް
21 އޮކްޓޯބަރު 2025 | އަންގާރަ | 9:10
އެފް.ޑަބްލިއު އެލެވޭޓާސް އިން ރާއްޖެއަށް ތައާރަފުކޮށްފައިވާ ޖަރުމަނުވިލާތުގެ މަޝްހޫރު ގްލޭރީ ބްރޭންޑްގެ ލިފްޓަކީ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަންދީގެން އުފައްދާފައިވާ ކޮލިޓީ މޮޅު ލިފްޓެކެވެ.
މި ލިފްޓްގެ އެންމެ ޚާއްސަ ސިފައެއްގެ ގޮތުގައި ފާހަގަކުރެވެނީ އޮޓޮމެޓިކް ރެސްކިޔު ޑިވައިސް (އޭއާރްޑީ) އެވެ. ކުއްލިއަކަށް ކަރަންޓު ކެނޑޭ ހާލަތެއްގައި، ލިފްޓްގައި ތިބި މީހުންގެ ސަލާމަތުން އަވަހަށް ނިކުތުމަށް އޮޓޮމެޓިކް ރެސްކިޔު ޑިވައިސް މުހިންމު ދައުރެއް އަދާކުރެ އެވެ.
ލިފްޓްގައި ތިއްބާ ކަރަންޓު ކެނޑުމަކީ މަދުން ނަމަވެސް ހިނގާ ކަމެއް ކަމަށްވާއިރު ގްލޭރީ ބްރޭންޑްގެ ލިފްޓްގައި ހިމެނޭ އޭއާރްޑީ ފީޗާގެ ސަބަބުން ކަރަންޓު ކެނޑޭ ހާލަތެއްގައި އެންމެ ކައިރީގައިވާ ފްލޯއަކަށް ގޮސް ލިފްޓްގެ ދޮރު އޮޓަމެޓިކުން ހުޅުވޭނެ އެވެ. ގްލޭރީ ބްރޭންޑްގެ ލިފްޓާއެކު ލިބޭ އިތުބާރަކީ ކަރަންޓު ކެނޑޭ ހާލަތެއްގައިވެސް ގިނައިރު ލިފްޓުން ނުނިކުމެވި ތިބެން ނުޖެހޭނެ ކަމެވެ. ހާއްސަކޮށް މިއީ ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ދިރިއުޅޭ އެޕާޓްމަންޓް ނުވަތަ ފްލެޓް އިމާރާތެއްގައި ހަރުކުރާ ލިފްޓެއްގައި ހުރުން މުހިންމު ފީޗާއެކެވެ.