އައްޑޫ ވޯޓަށް 9،721 ވޯޓް ކަރުދާސް ޕްރިންޓްކޮށްފި
އަވަސް
20 އޮކްޓޯބަރު 2025 | ހޯމަ | 1:00
އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލް ހެދުމަށް ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓަށް 9،721 ވޯޓު ކަރުދާސް ޕްރިންޓްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަަން (އީސީ) އިން މިއަދު ބުނި ގޮތުގައި މިމަހުގެ 25 ވަނަ ދުވަހު ނަގާ އާންމުގެ ހިޔާލު ހޯދުމުގެ ވޯޓަށް ވޯޓު ކަރުދާސް ޗާޕުކުރީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑުންނެވެ.
މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނާނެ ކަމަށާއި އެކަމަކު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހު ކަމަށްވެސް އީސީން ބުންޏެެވެ.