ހުރިހާ ސިޓީތަކެއްގައި ވަގުފް އިމާރާތްތަކެއް އަޅަން ނިންމައިފި
އަވަސް
20 އޮކްޓޯބަރު 2025 | ހޯމަ | 5:00
ރާއްޖޭގެ ހަތަރު ސިޓީއަކާއި ގއ. ވިލިނގިލީގައި ވަގުފު އިމާރާތްތަކެއް އަޅަން ސަރުކާރުން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ހިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ގާއިމުކުރުމަށްޓަކައި، އިސްލާމީ ހަޟާރަތުގައި މުހިއްމު ދައުރެއް އަދާކުރި އިސްލާމީ ވަޤުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން މުހިއްމު މަޝްރޫއެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ އައްޑޫ ސިޓީގައި 23 މިލިއަން، ފުވައްމުލައް ސިޓީގައި 15 މިލިއަން، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން، ތިނަދޫ ސިޓީގައި 10 މިލިއަން އަދި ވިލިނގިލީގައި 10 މިލިއަން ރުފިޔާ ވަޤުފު އުފައްދަން އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށެވެ. މި ތަންތަނުން ލިބޭ ނަފާ ހަރަދު ކުރާނީ ވަގުފް ބިނާތައް ހުރި ތަންތަނުގައި އިސްލާމީ ކަންކަމަށް ކަމަށާއި އެގޮތުން މިސްކިތްތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް ހާއްސަ މަަސައްކަތްތަކެއް ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.