ހުޅިމެންދޫގައި ރިސޯޓެއް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި

އަވަސް

21 އޮކްޓޯބަރު 2025 | އަންގާރަ | 12:44

ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްގީކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ލ. މާމެންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގަ އެވެ. މި އެއްބަސްވުމުގައި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. ރަހީމާ އަބްދުﷲ ރަހީމެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ.

މާމެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު މިއަދު ވިދާޅުވީ ހުޅިމެންދޫގައި ގާއިމުކުރާ ހޮޓެލް ސްކޫލަކީ މުޅި ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގޭ މުހިންމު މަޝްރޫއެއް ކަމަށް ވިދާޅުވެފަ އެވެ. ހުޅިމެންދޫއަކީ މާމެންދޫ ކައިރީގައި އޮންނަ ފަޅު ރަށެކެވެ.

މައުޟޫޢުތަށް