މީޑިއާ ކޮމިޝަނަށް ތިން މެންބަރުންނަށް ރުހުން ދީފި

އަވަސް

21 އޮކްޓޯބަރު 2025 | އަންގާރަ | 2:00

މީޑިއާ ރެގިއުލޭޓް ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ތިން މެމްބަރުންނަށް ރުހުން ދީފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރުހުން ދިނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް ސަފާ ޝަފީގާއި، ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތުގެ އިތުރުން މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުޝަތަށެވެ. މި ތިން ބޭފުޅުންވެސް ކޮމިޝަނަށް އައްޔަންކުރުމަށް ރުހުން ދިނީ 54 މެންބަރުންގެ ތާއީދާ އެކު އެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ދެން ތިއްބަވާ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ނަމަވެސް މިފަހަރު އެ ހަތަރު ބޭފުޅުން ކޮމިޝަންގެ މެންބަރު ކަމަށް ހޮވުނީ އިންތިހާބަކާ ނުލަ އެވެ.

އޮންލައިން ކެޓަގަރީ

މައުޟޫޢުތަށް