އާރްޓީއެލްގެ ހިދުމަތް ފަސް މަސް ތެރޭގައި ހުރިހާ އަތޮޅެއްގައި ފަށަނީ

އަވަސް

22 އޮކްޓޯބަރު 2025 | ބުދަ | 10:20

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މުޅި ރާއްޖެގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ލޯންޗްތައް ނިމޭހާ އަވަހަކަށް ލ. އަތޮޅުގައި އެ ހިދުމަތް ފެށިގެންދާނެ ކަމަށާއި ހިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އެ ހިދުމަތް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އާރުޓީއެލްގެ ހިދުމަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. ލ. އަތޮޅު ހިމެނޭ ގޮތަށްފަސް އަތޮޅެއްގައި ފެށުމަށް އާރްޓީއެލް ފެރީ ހިދުމަތް ފެށުމަށް ސެޕްޓެމްބަރު މަހު ދިރާސާއެއް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް