ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި ރޯވެ ގެއްލުންތަކެއް
އަވަސް
22 އޮކްޓޯބަރު 2025 | ބުދަ | 12:53
ހުޅުމާލެ ފޭސް 2ގެ ހިޔާ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.
އަލިފާން ރޯވީ ހިޔާ 11 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި އަލިފާން ރޯވީ އެ ޓަވަރުގެ ތިން ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައިވާ އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވެގެންނެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސަށް ލިބުނީ މިއަދު 11:25 ހާއިރު ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔަފައިޓަރުން އެ ސަރަހައްދަށް ގޮސް ރޯވި އަލިފާން ނިއްވާލި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް އެޕާޓްމަންޓުގެ ބެލްކަންޏަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވަނީ ވެފައެވެ.