ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާ ދެއްވައިފި

އަވަސް

22 އޮކްޓޯބަރު 2025 | ބުދަ | 1:17

ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އާދަމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ސަރުވަޝް އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުގެ ޓްރެޝަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓް ކުރުމަށް ނިންމާފައިވާ ކަމަށް ވާހަކަ ދެކެވެމުން ދަނިކޮށެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުވަޝް ވިދާޅުވީ ޕެންޝަން އޮފީހުގެ ބޯޑުން އޭނާ އިސްތިއުފާ ދެއްވީ އެމްއެމްއޭ-ފައިނޭންސްޑް ބޮންޑާ ގުޅިގެން ކަމަށެވެ. މިއީ ގާނޫނީ އަދި އިގުތިސާދީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށްވެސް ސަރުވަޝް ވިދާޅުވި އެވެ. އިކޮނޮމިކްސް އާއި އެކައުންޓިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

މައުޟޫޢުތަށް