ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

އަވަސް

22 އޮކްޓޯބަރު 2025 | ބުދަ | 8:00

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި ހުށައަޅާފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގައި ހިނގާދިޔަ މިކަމަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލޭގެ ސްކޫލެއްގައި ކިޔަވައިދޭ ޓީޗަރެކެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް