ކުރީ ސަރުކާރުގެ ގޯސްތައް ތަކުރާރު ކުރާކަށް ނުޖެހޭ: ނަޝީދު

އަވަސް

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 11:17

ކުރީ ސަރުކާރުން ނުރަނގަޅު ކަމެއް ހިންގާފަ އޮތުމަކީ ދެން އަންނަ ވެރިކަމެއްގައި އެކަން އެގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. "ނިމިދިޔަ ވެރިކަމުގައި ނުރަނގަޅު ކަމެއް ހިނގާފައި އޮތުމަކީ، މި ވެރިކަމެއްގައި ވެސް އަދި ދެން އަންނަ ވެރިކަމެއްގައިވެސް ހަމަ އެކަން އެ ގޮތަށް ކުރަން އޮތް ހުއްޖަތެއް ނޫން،" ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ސީދާ ކޮންކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.

މައުޟޫޢުތަށް