ދާރުލްއަރްޤަމްގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއިކުރަނީ

އަވަސް

23 އޮކްޓޯބަރު 2025 | ބުރާސްފަތި | 10:22

ރާއްޖޭގެ ދެވަނަ ޒަމާނީ ވަޤްފު ބިނާ -- ދާރުލްއަރްޤަމްގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އާދިއްތަ ދުވަހު ސޮއިކުރަން ތައްޔާރުވެއްޖެ އެވެ.

މިކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދާރުލްއަރްޤަމް އިން އަހަރަކު 10 މިލިއަން އިސްލާމިކް ވަޤްފު ފަންޑަށް ލިބޭނެ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި ދާރުލްއަރްޤަމް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ހެންވޭރުގެ 64 ނަންބަރު ކޮށީގަ އެވެ. އެ މިނިސްޓްރީން ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދާރުލް ސަލާމްގެ ނަމުގައި ވަޤްފު އިމާރާތެއް ކުރުމަށް ނިންމާފަ އެވެ. މި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ލޮޓް ނަންބަރު 11646 ގަ އެވެ. މީގެ އިތުރުން ކުޅުދުއްފުށި ސިޓީ އާއި ތިނަދޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފް އިމާރާތަކެއް އަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މައުޟޫޢުތަށް