ޕާކިސްތާން އަސްކަރިއްޔާގެ އިސްވެރިޔަކު ރާއްޖެއަށް
އަވަސް
24 އޮކްޓޯބަރު 2025 | ހުކުރު | 5:00
ޕާކިސްތާނުގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފް ކޮމިޓީގެ ޗެއާމަން ޖެނެރަލް ސާހިރް ޝަމްޝާދް މިރްޒާ ރާއްޖެ ވަޑައިގެންފި އެވެ.
ޖެނެރަލް މިރްޒާ އިއްޔެގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށްފަހު އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފައިވެ އެވެ. ރައީސް އޮފީހުން ބުނީ ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުން ގުޅިގެން ކުރެވިދާނޭ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ޖެނެރަލް މިރްޒާ ވަނީ އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުންމަތީ ދެމިތިބެންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.