އައްޑޫގެ ހިޔާލު ހޯދުމުގެ ވޯޓުލުން ފަށައިފި
އަވަސް
25 އޮކްޓޯބަރު 2025 | ހޮނިހިރު | 8:21
އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ރަށު ކައުންސިލް ހެދުމަށް ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލުން ފަށައިފި އެވެ.
މި ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް އައްޑޫ އާއި މާލޭގަ އެވެ. އެ ގޮތުން މާލޭގައި ހަަތް ވޯޓު ފޮށި ބަހައްޓާފައިވާއިރު ހުޅުދޫގައި ތިން ވޯޓު ފޮށި، މީދޫގައި ތިން ވޯޓު ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. މި ވޯޓަށް ޖުމްލަ 9،727 ވޯޓު ކަރުދާސް ވަނީ ޕްރިންޓްކޮށްފަ އެވެ.
ވޯޓު ނަގައި ނިމޭތާ 30 މިނެޓު ފަހުން ވޯޓު ގުނާނެ ކަމަށާއި އެކަމަކު ވޯޓުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ އާދިއްތަ ދުވަހު ކަމަށްވެސް އީސީން ވަނީ ބުނެފަ އެވެ. ތަފުސީލު އަންނަނީ