ސައިބާ ކްރައިމް ހުއްޓުވުމުގެ މުއާހަދާގައި ރާއްޖެ ބައިވެރިވެއްޖެ

އަވަސް

25 އޮކްޓޯބަރު 2025 | ހޮނިހިރު | 3:51

ސައިބާ ކްރައިމް ހުއްޓުވުމަށްޓަކައި އދ އިން އެކުލަވާލާފައިވާ މުއާހަދާގައި ދިވެހިރާއްޖެއިން މިއަދު ބައިވެރިވެއްޖެ އެވެ.

އދގެ މުއާހަދާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާކްރައިމް"ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދިނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. މި މުއާހަދާގައި ރާއްޖެއިން ސޮއިކުރީ ސައިބާ ކްރައިމްއާ ދެކޮޅަށް ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ މަތީ ފަންތީގެ ކޮންފަރެންސްގެ ތެރެއިން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ. ޑރ. ޚަލީލް މިއަދު ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަށް ސައިބާ ނުރައްކާ އިތުރަށް އޮތް އިރު މިފަދަ މުއާހަދާއެއްގައި ސޮއި ކުރެވުމަކީ ރައްކާތެރިކަމުގެ ގޮތުން އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ. ޑރ. ޚަލީލް އިތުރަށް ވިދާޅުވީ ސައިބާ ކުށްތަކާ ދެކޮޅަށް ކުރާ ބައިނަލްއަގުވާމީ މަސައްކަތްތަކުގައި އެއްވެސް ފަސްޖެހުމެއް ނެތި ރާއްޖެއިން ބައިވެރިވާނެ ކަމަށެވެ. ރާއްޖޭގައި އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ނުވަތަ ސައިބާ ކްރައިމް ހުއްޓުވުމަށްޓަކައި ސައިބާ ސެކިއުރިޓީ ސެންޓަރެއް މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވަނީ ހުޅުވާފަ އެވެ.

މައުޟޫޢުތަށް