ސިނގިރޭޓް ވައްކަން: ދިގަލި ޝަރީއަތް ނިމެންދެން ބަންދު

އަވަސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 9:16

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެޕޯލޯގެ ވެރިޔާ، ބ. އޭދަފުށި، ދިގަލި، މުހައްމަދު ވަހީދު (ދިގަލި) 65އ. ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ.

މީގެ ތެރެއިން އަހުމަދު ޝަމީމް އާއި އަހުމަދު ފިރުޝާން އަދި ހުސައިން ސާމިހް ހައްޔަރުކުރީ ހުކުރު ދުވަހު އެވެ. މި މައްސަލައިގައި މުހައްމަދު ވަހީދު (ދިގަލި) ގެ އިތުރުން ހަސަން އަބްދުއްރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

މައުޟޫޢުތަށް