ސިނގިރޭޓް ވައްކަން: ހުކުރު ދުވަހު ހައްޔަރުކުރި މީހުންގެ ފޮޓޯ އާންމުކޮށްފި
އަވަސް
26 އޮކްޓޯބަރު 2025 | އާދިއްތަ | 9:43
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި ދެ ކޮންޓޭނަރުގެ ސިނގިރޭޓް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ އާންމުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހުކުރު ދުވަހު ހައްޔަރުކުރީ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަމީމް (42އ) އާއި ހ. ރުމޭނިއާ، އަހުމަދު ފިރުޝާން (35އ) އަދި ސ. ހިތަދޫ، ޗާންދަނީގޭ، ހުސައިން ސާމިހު (35އ) އެވެ. އެ މީހުންގެ ފޮޓޯ ފުލުހުން އާންމުކުރީ މިއަދު އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ޝަހީމާއި ހުސައިން ސާމިހު ހަތް ދުވަހަށް ބަންދުކުރުމަށް އަދި އަހުމަދު ފިރުޝާން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައި ހުރި ދެ ކޮންޓޭނާގެ ސިނގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނުކަން ފާހަގަވީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ އެވެ. މި މައްސަލައިގައި މުހައްމަދު ވަހީދު (ދިގަލި) ގެ އިތުރުން ހަސަން އަބްދުއްރަހްމާން ޝަރީއަތް ނިމެންދެން ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.