ހުޅުދޫ އާއި މީދޫގައި މިރޭ ހަވާ އަރުވަނީ
އަވަސް
26 އޮކްޓޯބަރު 2025 | އާދިއްތަ | 11:06
ސ. ހުޅުދޫ އާއި މީދޫގައި މިރޭ ހަވާ އަރުވަން ނިންމައިފި އެވެ.
ހުޅުދޫ އާއި މީދޫގައި ހަވާ އަރުވަނީ ވަކި ސިޓީ ކައުންސިލްގެ ދަށުން ވަކިވެ، ވަކި ކައުންސިލްތަކެއް އުފައްދަން އެ ދެ ރަށުގެ ރައްޔިތުން އިއްޔެ ނިންމި ނިންމުމާ ގުޅިގެން އުފާ ފާޅުކުރުމުގެ ގޮތުންނެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ހުޅުދޫމީދޫ މެދު ބަނދަރުގަ އެވެ. އައްޑޫ ސިޓީގެ ތިން ރަށް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ވަކި ރަށު ކައުންސިލްތައް ހެދުމަށް ފެނޭތޯ ބެލުމަށް ކުރިއަށް ގެންދިޔަ ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖަށް ބަލާއިރު ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 723 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް 329 މީހުން ވޯޓުދީފައިވެ އެވެ. މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 847 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް ވޯޓު ދިނީ 144 މީހުންނެވެ. ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް 616 މީހުން ވޯޓު ދިންއިރު ނުފެންނަ ކަމަށް 1،784 މީހުން ވޯޓު ދީފައިވެ އެވެ.