އަމާން އުދަރެސްގެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި

އަވަސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 8:16

ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ އަމާން އުދަރެސްގެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެފްޑީސީ އިން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފެށުމުގެ ގޮތުން އަމާން އުދަރެސް 11، 12 އަދި 13ވަނަ ފްލެޓަށް މިއަދު ވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އާއި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އަދި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބަހް އަލީ ނަސީރު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަމާން އުދަރެސްގައި 2،000 ހައުސިން ޔުނިޓް އަދި އަމާން ދޯދީގައި 2،000 ހައުސިން ޔުނިޓް ހިމެނެ އެވެ.

މައުޟޫޢުތަށް