އެންއައިސީއަށް ހަތަރު ބޭފުޅަކު އައްޔަންކުރައްވައިފި
އަވަސް
26 އޮކްޓޯބަރު 2025 | އާދިއްތަ | 6:00
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް ހަތަރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އައްޔަންކުރައްވައިފި އެވެ.
އެންއައިސީއަށް މިއަދު އައްޔަންކުރެއްވި ހަތަރު ބޭފުޅުންނަކީ ދަފްތަރު. ނަންބަރު ރސ 1188، ޝުއައިބު ޢަބްދުއްރަޙްމާނާއި، ދަފްތަރު. ނަންބަރު ރސ 12854، ޝިފާޒު އަލީއާއި ދަފްތަރު. ނަންބަރު ރސ 1851، އަލީ މުހައްމަދުމަނިކުގެ އިތުރުން ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް އެވެ. ޝުއައިބު އެންއައިސީއަށް އައްޔަންކުރައްވާފައި މިވަނީ އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވުމުން ދެވަނަ ދައުރަކަށެވެ. އެންއައިސީއަކީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، އެންއައިސީގެ ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ. އެންއައިސީ އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.