ގަވައިދާ ހިލާފަށް އުޅުނު 14 ބިދޭސީން އަތުލައިގެންފި

އަވަސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 6:00

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގައި ހިންގާ ގަރާޖުތަކުގައި ގަވާއިދާ ހިލާފަށް އުޅުނު 14 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ޓާސްކްފޯސްއިން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ބަލައި ފާސްކުރުމުގެ ތެރެއިން ޖުމްލަ 69 ބިދޭސީއަކު ޗެކްކޮށް، އޭގެތެރެއިން ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 14 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު ބިދޭސީ މަސައްކަތްތެރިންނާ މެދު އިހުމާލުވާ ފަރާތްތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ގަވަައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 8،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.

މައުޟޫޢުތަށް