ބަނގުރަލުގެ ވިޔަފާރި ކުރާ ތިން ބިދޭސީން ހައްޔަރުކޮށްފި

އަވަސް

26 އޮކްޓޯބަރު 2025 | އާދިއްތަ | 6:00

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ތިން ބިދޭސީން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ރިޔާސް އުއްދީން (19އ) އާއި އެމްޑީ އަޝްރަފުލް އަލަމް (27)ގެ އިތުރުން ޕާކިސްތާނަށް ނިސްބަތްވާ ޔާސިރް ހަމީދު (24އ) އެވެ. މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފުލުހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރެއިންނެވެ. ފުލުހުން ބުނީ ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވާ ކަމަށެވެ. އަދި އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވާ ކަމަށްވެސް ބުންޏެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މައުޟޫޢުތަށް