އެއާޕޯޓުން ފައިސާ ހުރި ސޫޓް ކޭސްއެއް ފޭރިގަނެފި

އަވަސް

27 އޮކްޓޯބަރު 2025 | ހޯމަ | 10:21

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާތަކެއް ފޭރިގަނެފި އެވެ.

ފުލުހުން ބުނީ ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ފަތިހު 4:45 ހާއިރު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އިތުރަށް ބުނި ގޮތުގައި ބޭންކްގެ މުވައްޒަފުން އެއާޕޯޓަށް ފައިސާ ގެންދިޔައިރު ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައިނުވެ އެވެ. އެ ސޫޓް ކޭސްގައި ހުރީ ކިިހާ އަދަދެއްގެ ފައިސާ ކަމެއް އަދި އެއީ ކޮން ބޭންކެއް ކަމެއް ފުލުުހުން ހާމައެއް ނުކުރެ އެވެ.

މައުޟޫޢުތަށް