އެއާޕޯޓުން ފައިސާ ފޭރުނު މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

އަވަސް

27 އޮކްޓޯބަރު 2025 | ހޯމަ | 1:41

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަން ކަށަވަރުކޮށް ދެއްވާފަ އެވެ. އިހުސާން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފޭރެން ބޭނުންކުރި ލޯންޗްވެސް ހޯދާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު އަވަސްކޮށް ތުހުމަތު ކުރެވޭ މީހުން ހޯދަން ފުލުހުން ކުރި މަސައްކަތަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފަ އެވެ. ފުލުހުން ބުނި ގޮތުގައި ވީއައިއޭގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ފަތިހު 4:45 ހާއިރު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން އިތުރަށް ބުނި ގޮތުގައި ބޭންކްގެ މުވައްޒަފުން އެއާޕޯޓަށް ފައިސާ ގެންދިޔައިރު ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައިނުވެ އެވެ. އެ ސޫޓް ކޭސްގައި ހުރީ ކިިހާ އަދަދެއްގެ ފައިސާ ކަމެއް އަދި އެއީ ކޮން ބޭންކެއް ކަމެއް ފުލުުހުން ހާމައެއް ނުކުރެ އެވެ.

މައުޟޫޢުތަށް