އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ އެލާޓް ނެރެފި
އަވަސް
28 އޮކްޓޯބަރު 2025 | އަންގާރަ | 8:06
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ވަނީ މިއަދު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފަ އެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުން ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އެވެ. އަދި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަ ފޫޓު ހުންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.