ސްޓެލްކޯ އިން ކ. ދިއްފުށީގައި ގާއިމުކުރި އާ އިންޖީނުގެ ހުޅުވައިފި

އަވަސް

28 އޮކްޓޯބަރު 2025 | އަންގާރަ | 1:05

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ދިއްފުށީގައި ގާއިމުކުރި އާ އިންޖީނުގެ ހުޅުވައިފި އެވެ.

މި އިންޖީނުގެ ހުޅުއްވައި ދެއްވީ މާލެ އަތޮޅުގެ މީހުން ދިރިއުޅޭ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ޒިޔާރަތް ކުރެއްވުމުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް މުއިއްޒެވެ. މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އާއި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ނަސީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި މަޝްރޫއުގެ ދަށުން އާ އިންޖީނުގެ، ކަސްޓަމާ ސާވިސް ބިލްޑިންގް އަދި އިންފާރު ރާނާފައިވެ އެވެ. މި މަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން 26 ވަނަ ދުވަހު އެވެ. މަސައްކަތް ނިންމާފައިވަނީ މި އަހަރުގެ އެޕްރީލް 30 ވަނަ ދުވަހަށެވެ. އާ އިންޖީނުގޭގައި އިންޖީން ރޫމާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި، އެކޮމޮޑޭޝަން ބްލޮކެއް ހިމެނެ އެވެ. ދިއްފުށީގެ ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 2.2 މެގަވޮޓެވެ. އާ އިންޖީނުގޭގެ އިންސްޓޯލަބަލް ކެޕޭސިޓީއަކީ ހަތް މެގަވޮޓް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް