ރައީސް ދައްކަވަނީ ނަމޫނާ ޚިދުމަތުގެ މިސާލެއް: ނައިބް ރައީސް

އަވަސް

28 އޮކްޓޯބަރު 2025 | އަންގާރަ | 9:00

ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދައްކަވަމުން ގެންދަވަނީ ނަމޫނާ ހިދުމަތުގެ މިސާލެއް ކަމުގައި ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވެފައި މިވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެއް އަހަރާ 11 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް މުއިއްޒު ވަޑައިގެންނެވި ތާރީހީ ކާމިޔާބީ ފާހަގަކުރައްވާ ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ނައިބް ރައީސް ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ހިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމުފުޅުގައި ކަމަށެވެ. "މިއަދު ކ. ތުލުސްދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނަށް އެވަނީ ޒިޔާރަށް ކުރެއްވިފައި. މިހާ އަވަސް މުއްދަތެއްގެ ތެރޭގައި އެހެން ވެރިއަކު މި ލަނޑުދަނޑި ހާސިލްކުރައްވާފައި ނުވޭ،" ރައީސް އަށް ތައުރީފް ކުރައްވަމުން ނައިބް ރައީސް ވިދާޅުވި އެވެ. ހުސައިން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ކޮންމެ ރަށަކަށް ވަޑައިގެން އެރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ގާތުން ބައްލަވައި، އެތައް ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުވެސް ކޮށްދެއްވަމުން ކަމަށެވެ.

މައުޟޫޢުތަށް