ޗައިނާގެ ޕްރޮކިއުރެޓޯރިއަލް ކޮމިޓީގެ ވަފްދެއް ރާއްޖެއަށް
އަވަސް
28 އޮކްޓޯބަރު 2025 | އަންގާރަ | 3:00
ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ ދައުވަތަކަށް ޗައިނާގެ ޕްރޮކިއުރެޓޯރިއަލް ކޮމިޓީގެ މެންބަރު ޝި ވެއިޖޯންގް އަދި އެކޮމެޓީގެ އިސް ވަފުދެއް ރާއްޖެއަށް ވަޑައިގެންފި އެވެ.
ޕީޖީ އޮފީހުން ބުނީ މިއީ ކަމާ ގުޅޭ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް ޕީޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށާއި ދެ ގައުމު ދެމެދު މި ދާއިރާއިން ތަޖުރިބާ ހިއްސާކުރުމަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޗައިނާގެ ޕްރޮކިއުރެޓޯރިއަލް ކޮމެޓީގެ ވަފްދުގެ ބޭފުޅުން ރާއްޖޭގައި މިދައިރާއާއި ގުޅުންހުރި އިސް ފަރާތްތަކާއި ބަދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އުއްތަމަފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާއި ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީންއާވެސް ވަފްދުގެ ބޭފުޅުން ބައްދަލުކުރައްވާނެ އެވެ. މި ޒިޔާރަތުގެ ސަބަބުން މި ދާއިރާ ހަރުދަނާ ކުރުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.