މައުމޫން ފައުންޑޭޝަނުން ސްކޮލަޝިޕްގެ ތިން ފުރުސަތެއް
އަވަސް
28 އޮކްޓޯބަރު 2025 | އަންގާރަ | 7:00
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގަވާ މައުމޫން ފައުންޑޭޝަނުން ސްކޮލަޝިޕްގެ ތިން ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ސްކޮލަޝިޕް ދޭން ނިންމީ އިސްލާމިކް ޔުނިވަސިޓީގައި މާސްޓާސްއަށް ކިޔަވަމުންދާ ދަރިވަރުންނަށެވެ. އެގޮތުން ސްކޮލާޝިޕް ދެނީ މާސްޓާ އޮފް ފިޤްހް އާއި މާސްޓާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަޝިޕް އެންޑް އެޑްމިނިސްޓްރޭޝަން އަދި މާސްޓާ އޮފް އާޓްސް އިން ޤުރްއާނިކް ސައިންސްގެ ކޯސްތަކަށެވެ. މިސްކޮލަޝިޕަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ހޮވޭ ދަރިވަރުންގެ ކިޔެވުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް ކުރާނީ މައުމޫން ފައުންޑޭޝަނުންނެވެ. އެކަމަކު ސްކޮލަޝިޕްތައް ލިބޭ ދަރިވަރުން ހޮވުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޔުނިވަސިޓީންނެވެ. މައުމޫން ފައުންޑޭޝަނުން ބުނީ މަތީ ތައުލީމަށް ފަހިކޮށްދޭ މިފަދަ ފުރުސަތުތަކީ ދިވެހި ގާބިލު ޒުވާނުން ބިނާ ކުރަން ފަހިކޮށްދޭ ފުރުސަތުތަކެއް ކަމަށެވެ.